މައިމީހާއާއި ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި މިކަހަލަ ކުދިކުދި ކަންކަން ކޮށްލާ!

މައިންނަކީ ތިބާ ދުނިޔެއަށް އުފަންވާ ހިސާބުން ފެށިގެން ކައްވަޅަށް ދާންދެން އެމީހެއްގެ ޙިދުމަތަށްޓަކައި ފަހުރުވެރިވެ ޝުކުރުވެރިވާންޖެހޭ ބައެކެވެ. އެމީހެއްގެ ހިއްވަރުން ދުނިޔެއަށް އުފަންކޮށް ބަލާ ބޮޑުކޮށް ރަގަނޅު މަގު ދައްކައިދީ ތިބާއަށްޓަކައި ދިރިއުޅުން ބިނާކޮއްދޭ މީހަކީ މައިމީހާއެވެ.

އެކަމުގެ ޝުކުރު އަދާކޮށް އަގުވަޒަންކުރުމަށް ކޮއްދެވޭނެ އެންމެ މުހިއްމު ކަމަކީ ދުނިޔޭގައި ހުރިހާދުވަހަކުމެ އެ މައިމީހާއާއި ގާތް ގުޅުމެއް ޤާއިމުކޮށް އެގުޅުން ދެމެހެއްޓުމެއްވެ. ދަރިންނާއި މައިމީހާއާއި ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ދަރިފުޅަށް ކުރެވޭނެ އެތަށްކަމެއް ހުރެއެވެ. އެހެންނަމަވެސް ނުކޮށް ދޫކޮށްލައިގެން ނުވާނެ އެތަށްކަމެއްވެސް ހުންނަކަން ޤަބޫލުކޮށް އެކަން ކަމުގައި ހިފުން ވަރަށް މުހިއްމެވެ.

  • މައިމީހާއަށް އޮޅުވާލުމެއްނެތި ދައްކަން ބޭނުންވާ ވާހަކަތަށް ރަގަނޅަށް ސާފުވާނެހެން ދެއްކުމަކީ އިތުބާރު ޤާއިމުވާނެ ކަމެކެވެ.
  • މައިން ބުނާ ވާހަކަތަކުގެ ފަހަތުގައި އޮންނަ ނިޔަތް ނޫނީ ހަޤީޤަތުގައި އެއީ ކޮންކަމަކަށް އެދިގެން ދައްކާ ވާހަކައެއްކަން ދެނެގަތުމަށްފަހު ރައްދުދޭށެވެ.
  • ވާހަކަ ދައްކާއިރު ތިމާ ދެކެގޮތަކީ އެންމެ ރަގަނޅުގޮތްކަމަށްބުނެ އެކަން ސާބިތުކޮއްދިނުމަށް މަސައްކަތް ނުކުރާށެވެ. މައިން ބަފައިން އެކަމާމެދު ދެކޭގޮތުގައި ހުރި ގޯސްކަންތަށްތަށް ބުނެދީ އެކަށީގެންވާ ސަބަބާއެކު ވިސްނަދޭށެވެ.
  • އަބަދުވެސް މައިންނަށް ހެދޭ ގޯސްތަކަށް މާފުކުރަންވާނެއެވެ. އަހަރެމެން ބޮޑެތި ވަނީ އެތަށް ގޯހެއް ހަދައިގެނެވެ. މައިން އަބަދުވެސް އެގޯސްތަކަށް މައާފްކޮށް އަހަރެމެންނާއެކު ތިބެއެވެ. މަންމައިންނަކީވެސް އިންސާނުންނެވެ. ގޯހެއް ހެދިދާނެއެވެ. އެކަމަކު އެކަމުގެ ސަބަބުން ދެމައިންގެ ގުޅުމަށް ބުރުލެއް އަރައިގެން ނުވާނެއެވެ.
  • އަބަދުވެސް މަންމައިން ހިތްހަމަ ޖެހޭ ކަންތަކާއި ނުޖެހޭ ކަންތަށް ދެނެގަނެ ކަންކަމުގައި އަމަލު ކުރަންވާނެއެވެ. އަދި އެއިންކަމަކާ ތިމާއަށް އެއްބަސްނުވެވޭނަމަ އެފަދަ ކަނތަކާއި އަމަލުކުރާނެގޮތެއް ކުރިން ދެމައިން ވާހަކަދައްކާ ނިންމަންވާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!