މި ކަންކަމާ މުރުނަލް އަށް ކުރިމަތިލާން ޖެހުނީ ސްޓާ ކިޑްއަކަށް ނުވުމުން!

ބަހުސްކުރެވެމުންދާ ބޮލީވުޑުގެ ނެޕޮޓިޒަމްގެ މައްސަލައާއި ބެހޭގޮތުން ސުޕާރ 30ގެ އެކްޓަރެސް މުރުނަލް ޓާކުރުގެ ހިޔާލު ވަރަށް ތަފާތެވެ. ބޮލީވުޑުގެ ތަރިއެއްގެ އާއިލާއަށް ނިސްބަތްނުވާ އެހެން ކުދިން ފަދައިން މުރުނަލް އަށްވެސް ނެޕޮޓިޒަމްގެ ސަބަބުން ގިނަ ކަންތަށްތަކާއި ކުރިމަތިލާން ޖެހުނުއިރު އޭގެ ތެރެއިން ބައެއް ހާދިސާތައްވެސް ވަނީ މީޑިއާއާއި ހިއްސާކޮއްފައެވެ.

އެގޮތުން އޭގެން އެއްހާދިސާއެއް އޭނާ ކިޔާދިނެވެ. އެވޯޑް ސެރެމަނީއެއްގައި މުރުނަލް އަށް ކުރިޓިކްސް ބެސްޓް އެކްޓަރެސްގެ މަޤާމަށްހޮވި ސުޓޭޖަށް އެރިދުވަހު ކަންތަށް ދިމާވިގޮތް އޭނާ ހިއްސާކުރިއެވެ. އޭނާ ބުނިގޮތުގައި އެދުވަހުއެވޯޑު ބަލާ ދިއުމުން އެވޯޑް ދިނުމަށްފަހު އޭނާއަށް ދެއްކީ ބޭރަށް ނިކުންނަށްވީ މަގެވެ. ފޭނުންނާ މުހާތަބުކޮއްލާނެ ފުރުސަތެއް އޭނާއަށް ނުދިން އިރު ސުޓާރ ކިޑް އަކަށް އެވޯޑްލިބިގެން ސުޓޭޖަށް ދިއުމުން މައިކު ދިންކަމަށް ބުނެ އޭނާއާއި މެދު ކަންކުރިގޮތްވަނީ މީޑިއާގައި ހިއްސާކޮއްފައެވެ.

އަދި އެހެން ހާދިސާއެއް ކިޔައިދެމުން އޭނާ ބުނެފައިވަނީ އިވެންޓެއްގެ ތެރެއިން ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ތައްޔާރުވެލި ވަގުތު ހުރިހާ ނޫސްވެރިން އެހެން ދިމާއަކަށް ދުއްވައިގަތްކަމަށެވެ. އެއީ އަމިއްލަ ހެދުންވެސް އަތުން ހިފަހައްޓާ ނުލެވިގެންއުޅޭ ސުޓާރެއްގެ ކުޑަ ދަރިފުޅެއް ފެނިގެން ނޫސްވެރިން އޭނާއަށް ހެދިގޮތްކަމަށް މުރުނަލް ބުނެއެވެ.

މިކަންކަމާއި މިހެން ކުރިމަތިލާން ޖެހުނު ނަމަވެސް ނެޕޮޓިޒަމް އަކީ ހަމައެކަނި ފިލްމް އިންޑަސްޓްރީގެ ތެރެއިން ވަރުގަދަވާ އެއްޗެއް ނޫންކަމަށް މުރުނަލް ފާހަގަކުރެއެވެ. އޭނާ ބުނެފައިވަނީ އިންޑަސްޓްރީއާއި މީޑިއާވެސް މަސައްކަތް ކުރަނީ ބެލުންތެރިން އެދޭފަދަ އެމީހުން ބަލަން ބޭނުންވާ އެއްޗެހި ދެއްކުމަށެވެ. ބެލުންތެރިން ސުޓާރ ކިޑްސްގެ ހަރަކާތަކާއި އެމީހުންގެ މަސައްކަތްތަށް ބަލަން ބެނުންވާހާ ދުވަހަކު މިކަން ކުރިއަށްދާނެކަމަށް މިރުނަލް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!