އައްޑޫ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އައްޑޫ ސިޓީ ކައިރިއަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ އާއި 501 ކިލޯމީޓަރު ދުރުންކަމަށް އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވެއެވެ.

 މި ބިންހެލުމުގެ ބާރު މިނުގައި 6.2 މެގްނިޓިއުޓް ހުރި ކަމަށްވެސް އެ ވެބްސައިޓްގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި މިބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:24 ގައި ކަމަށްވެސް ބުނެފައިވެ އެވެ. 

މިކަމާއި ގުޅިގެން މެޓް އޮފީހުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!