ޒަހާގެ މަރާއި ގުޅިގެން ފުލުހުން ގިނަ ބަޔަކާ ސުވާލުކޮށްފި

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކުއްލި ގޮތަކަށް ނިޔާވި 21 އަހަރުގެ، ފާތުމަތު ޒަހާ އަހުމަދު ޝަކީލްގެ މަރުގެ މައްސަލައިގައި ފުލުހުން ގިނަ ޒުވާނުންތަކަކާ ސުވާލުކޮށްފި އެވެ.

އެ ހާދިސާ ހިނގި ގެސްޓްހައުސްއަށް ދިޔަ ޒުވާނަކާ ހަވާލާދީ އޮންލައިން ނޫސް މިހާރު އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ އެ ގެސްޓްހައިސްއަށް ދިޔައީ ޒަހާގެ ހާލު ގޯސްވާ ކަމަށް ބުނެ، އެހެން އެކުވެރިންތަކެއް ގުޅުމުން ކަމަށެވެ. ގެސްޓްހައުސްގެ ކޮޓަރިއަށް ދިޔައިރު އެތަނުގައި 11 ވަރަކަށް ޒުވާނުން ތިބި ކަމަށާއި ގިނައީ ފިރިހެނުން ކަމަށް އޭނާ މިހާރުއަށް ބުންޏެވެ.އަދި ފެނުނު މަންޒަރުތަކުން އޭނާ ތުހުމަތުކުރަނީ އެތަނުގައި ރެޑްބުލް ބޮއެ، ޕާޓީކޮށްފައި ހުރި ކަމަށެވެ.

އޭނާ އެތަނަށް ދިޔައިރު ދެތިން އަންހެން ފްރެންޑުން ތިބީ ޒަހާ ހިފަހައްޓައިގެން ކަމަށާއި، އޭރު އޭނާ ނޭވާލަމުން ދިޔައީ ވަރަށް ފާޑަކަށް ކަމަށް އޭނާ ބުންޏެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށް ކާރަށް އެރުވި އިރު، ކުރިން ލީ ގޮތަށް ނޭވާ ނުލާ ކަމަށް އޭނާ ބުނެއެވެ.

ޒަހާ ނިޔާވި ފަހުން،  ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، އޭނާގެ ނަތީޖާ ވަނީ ޕޮޒިތިވްވެފައެވެ. އެކަމަކު، ޒަހާ ނިޔާވީ އެ ބަލީގައި ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައެއް ނުވެއެވެ.

މިކާމާއި ގުޅިގެން ފުލުހުން މީގެ ކުރިން ވިދާޅުވެފައި ވަނީ ޒަހާ އަހުމަދު ޝަކީލްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!