ފާއިތުވި 9 ދުވަހުގެ ތެރޭގައި މާސްކު ނާޅާ އުޅުނު 1188 ފަރާތަކާއި މަނާ ވަގުތު ބޭރުގައި އުޅުނު 1580 ފަރާތެއް ޖޫރި މަނާ ކޮށްފި

ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި މާސްކް ނާޅާ އުޅެގެން 1188 ފަރާތަކާއި މަނާ ވަގުތު ބޭރުގައި އުޅުނު 1580 ފަރާތެއް ޖުރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިހާރު ކުރިއަށް ގެންދަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ބައެއް ހޮޓާ ރެސްޓޯރެންޓްތަކުން 09:30 ވާއިރުވެސް ބަންދުނުކޮށް ތިބޭ ކަމަށެވެ. އަދި އެދުމަކީ ކަނޑައަޅާފައިވާ ގަޑިއަށް ކަންކަން އިންތިޒާމުކުރުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މިވީ ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި ވެހިކަލް ދުށްވުން މަނާ ވަގުތުގައި ވެހިކަލް ދުށްވައިގެން 1095 ފަރާތަކަށް ނަސޭހަތްދީ 274 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މާސްކް ނާޅާ ބޭރުގައި އުޅުމުގެ ސަބަބުން ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި 2901 ފަރާތަކަށް ނަސޭހަތް ދެވި 1188 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުމުގެ ސަބަބުން 3813 ފަރާތަކަށް ނަސޭހަތް ދެވި 1580 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!