އުއްމީދަކީ ބަލިން ރަނގަޅުވެ އަވަހަށް އާއިލާ ކައިރިއަށް ދެވުން: ރައީސް މައުމޫން

ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އުއްމީދަކީ މާތްﷲ ގެ އިރާދަފުޅާއި އެކު ވަރަށް އަވަހަށް ބަލިން ރަނގަޅުވެ އަނބިކަނބަލުންނާއި އާއިލާގެ ގާތައް ދެވުން ކަމަށް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް މިދިޔަ ހަފްތާގައި ޕޮޒިޓިވްވުމުން ރައީސް މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައެވެ.

ރައީސް މައުމޫން ކުރެއްވީ ޓްވީޓެއްގައި ވަނީ އައިސޮލޭޝަންގައި ހުންނަވައިގެން އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާ ވީޑިއޯ ކޯލް ކުރައްވައިގެން ހުންނެވި ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ. 

އެޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ އެކަހެރި ވެގެން އޮންނަ އިރު އަނބިކަނބަލުންނާއި ވާހަކަދައްކާލަން ފުރުސަތު ލިބުމުން ހާއްސަ އުފަލެއް އިހްސާސް ކުރެއްވޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ﷲ ގެ ހެޔޮ ރަހުމަތުން ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތް ފާހަގަ ކުރައްވާ އެބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!