ސީއެސްސީއަށް 4 މެމްބަރުން އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި ހުސްވެފައިވާ ހަތަރު މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރާން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ކަނޑައެޅި ހަތަރު ބޭފުޅުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ހުސްވެފައިވާ އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހަތަރު މަގާމަށް ކުރިމަތިލި 41 ބޭފުޅުންގެ ތެރެއިން 13 ބޭފުޅަކަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދިނީ، މިދިޔަ ހަފްތާގައެވެ.

މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފް އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް އަދި ރ. މީދޫ، ބްލެކް، އިބްރާހިމް ރަޝީދުގެ ނަމެވެ.

އެ ހަތަރު މީހުންނަކީ، އެމީޑީޕީން ޕާލިމަންޓަރީ ގުރޫޕުން ރުހުން ދިނުމަށް ތްރީލަން ވިޕެއް ނެރުނު ހަތަރު ބޭފުޅުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!