ޕްރަނާބް މުކަރްޖީ އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ޢުމުރުފުޅުން 84 އަހަރުފުޅުގެ ޕްރަނާބް މުކަރުޖީ އަހަރަވެފައިވަނީ އިންޑިއާގެ އަސްކަރީ ހޮސްޕިޓަލެއްކަމަށްވާ އާމިސް ރިސާރޗް އެންޑް ރެފެރަލް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. ޕްރަނާބް މުކަރްޖީ އަވަހާރަވެފައިވާކަން އޭނާގެ ދަރިކަލުން އަބިޖީތު މުކަރުޖީވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

ޕްރަނާބް މުކަރުބީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކުރެއްވި ޓްވީޓެއްގައި ވަނީ ޕްރަނާބް މުކަރްޖީގެ ޢާއިލާއަށާއި، އިންޑިއާގެ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ޕްރަނާބް މުކަރުޖީ އަވަހާރަވުމަކީ އިންޑިއާއަށާއި، މުޅި ދެކުނު އޭޝިއާއަށްވެސް ކުރިމަތިވި ބޮޑު ހިތާމައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!