އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ދީފި

ދައުލަތުގެ ބަޖެޓްގެ ތެރެއިން ނެޓް ފައިނޭންސްގެ ގޮތުގައި 604 ބިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނެ ހެން ބަޖެޓްގެ ނެޓް ފައިނޭންސިންގ ހިފެހެއްޓުމަށް ސަރުކާރަށް ދަންނަވާއި ބޮންޑު ވިއްކުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ދީފިއެވެ.

މިގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި 65 މެމްބަރުންގެ ވޯޓުންނެވެ.

ދައުލަތުގެ ބަޖެޓުގައި 2018 އިން 2022 އަށް ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން ފައިނޭންސް ކުރާނެ ކަމަށް 4.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑް ވިއްކައިގެން 930 މިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ކަމަށް ހިމަނާފައިވެ އެވެ.

ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ބޮންޑް ވިއްކައިގެން އާމްދަނީ ހޯދަން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކަންޖެހޭ ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މަޖިލީހުގެ ލަފަޔަކަށް އެދި ސިޓީއެއް ފޮނުއްވައިފަ އެވެ.

އެމްއެމްއޭއިން މަޖިލީހަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ ބޭރު ފަރާތްތަކަށް ސުކޫކް ބޮންޑް ވިއްކައިގެން ފައިނޭންސް ކުރާނެ ޢަދަދާއި ރާއްޖޭގެ ފަރާތްތަކަށް ޓްރެޝަރީ ބިލާއި ބޮންޑް ފަދަ ތަކެތި ވިއްކައިގެން ފައިނޭންސް ކުރާނެ އަދަދު ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭގެ ޖުމްލަ 5.5 ބިލިއަން ރުފިޔާއަށް އަރާއިރު، ސަރުކާރުގެ ސެކިއުރިޓީސް އިޝޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރަނީ 5.5 ބިލިއަން ރުފިޔާ އަށްވުރެ، ސެކިއުރިޓީސްގެ ނެޓް ފައިނޭންސް އިތުރު ނުވާ ގޮތަށް ބަލައިގެންކަމަށް ސިޓީގައި ބުނެފައިވެއެވެ،

ނަމަވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް އިޝޫކުރުމަށް މަސައްކަތްރަމުންދާ ޓްރެޝަރީ ބޮންޑް އިޝޫކޮށްފިނަމަ، މި ޢަދަދަށް ވުރެ ޖުމްލަ އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެސްބީއައި އަށް ބޮންޑު ވިއްކާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!