ހޯމަ ދުވަހަށް މަޖިލިސް ދައުރު ދަންމާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މަޖިލިސްގެ ދައުރު ދަންމާލަން ފާސްކުރީ އަންނަ ހަފްތާގެ ހޯމަ ދުވަހު ޖަލްސާއެއް ބާއްވައި މަސައްކަތްތައް ނިންމުމަށް ކަނޑައެޅީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއިއެކުގައެވެ. މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33ވަނަ ޖަލްސާއަކީ މިދައުރުގެ ފަހު ޖަލްސާއެވެ. މިޖަލްސާގައި މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. ދައުރު އިތުރުކުރަން ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސް ޗުއްޓީ އަށް ގޮސްފިނަމަ މައުސޫމަށް ރުހުން ނުލިބި އެއް މަސް ދުވަސްވަންދެން ހުންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނިންމުމަށްފަހު ޗުއްޓީ އަށް ދާން ފެނިވަޑައިގަންނަވާ ކަމަށް އީވާ ވިދާޅުވިއެވެ.

މި މަހުގެ ހަވަނަ ދުވަހު މައުސޫމް އެ މަގާމަށް ފުރަތަމަ އައްޔަން ކުރައްވާ އޭނާ އަށް ރުހުން ހޯދުމަށް ފޮނުވި ނަމަވެސް ވަޒީރުކަމުގެ ހުވާ ކުރެއްވިއިރު މައުސޫމް އަމިއްލަ ކުންފުންޏެއް ހިންގުމުގައި ހުންނެވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުން ވަނީ މައުސޫމްގެ ހުވަޔާއާ މެދު ސުވާލު އުފައްދާފައެވެ. އަދި އެ މައްސަލައިގައި އެންމެފަހުން އޭނާ އެ މަގާމަށް އަލުން އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެއާއެކު މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށްފަހު އޭނާ އަށް ރުހުން ހޯދުމަށް މަޖިލީހަށް ރައީސް ސޯލިހު ވަނީ އަނެއްކާވެސް ފޮނުއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!