ތިނަދޫން ކޮވިޑު ޖެހުނު މީހާ މާލެ ގެންނަނީ

ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ފަރުވާދޭން ރަށަށް ނޭރުވުމުން މާލެ ފޮނުވާލާފައިވާ ކަމަށް ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓުން ބުނެފިއެވެ.

ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި ހައި ރިސްކު މީހާއަށް އިތުރު ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށެވެ. ނަމަވެސް ވިލިނގިލީގައި ދިރިއުޅޭ ޕީޕީއެމްގެ އެކްޓިވިސްޓުން ވަނީ ބަނދަރަށް ނުކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް އެމީހާ ރަށަށް އެރުވިޔަ ނުދީ ފޮނުވާލާފައެވެ.

ހޯމަ ދުވަހު މެންދުރުފަހު ބަލި މީހާ ގޮވައިގެން ވިލިނގިއްޔަށް ދިޔަ ސީ އެންބިއުލާންސް ވަނީ އެރަށު ނެރުމަތީގައި ދެ ގަޑިއިރު ވަންދެން މަޑުކޮށްފައެވެ.

އެ މީހާއަކީ ތިނަދޫން މާލެ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރަމުންދާ މީހެކެެވެ. އެ މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ބަލިވެގެން ޑޮކްޓަރަަށް ދައްކަން ދިއުމުން، އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހެދި ޓެސްޓުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!