ކޮވިޑް-19 ގައި އިންޑިއާގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

ކޮވިޑް-19 ގައި ވެންޓިލޭޓަރގައި ފަރުވާ ހޯދަމުންދިޔަ އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެއްޖެ އެވެ.

ޕްރަނާބް މުކަރްޖީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާދެމުން ދިޔައީ ދިއްލީގައި ހުންނަ އާމީ ހޮސްޕިޓަލް ރިސާޗް އެންޑް ރިފަރަލްގަ އެވެ. 

އުމުރުން 84 އަހަރުގެ މުކަރުޖީ އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ މިހާރުގެ ރައީސް ރާމް ނާތް ކޯވިންދު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އަދި ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވެސް ވަނީ އިންޑިޔާގެ ރައްޔިތުންނަށާއި ޕްރަނާބް ގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ޕްރަނާބް އަވަހާރަވިއިރު ވަނީ މި މަހުގެ ކުރީކޮށް ސިކުނޑީގެ ސާރޖަރީއެއްވެސް ކޮށްފައެވެ.

ޕްރަނާބް މުކަރްޖީ އިންޑިއާގެ ރައީސްކަން ކޮށްފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!