ކުރީ ސަރުކާރަށް ވުރެ މިސަރުކާރުން ޓެންޑަރ ބޯޑުން އެވޯޑް ކުރި ޕްރޮޖެކްޓްތަށް ގިނަ: އަމީރު

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑް ކުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދަށްވުރެ ގިނަ ޕްރޮޖެކްޓްތައް މިސަރުކާރުގައި މިފާއިތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި އެވޯޑް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ” ޕްރޮގްރާމްގައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ވެސް ތަރައްގީއަށް ހިންގާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ވެސް ގާތްގަނޑަކަށް 65 ޕްރޮޖެކްޓް މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިސަރުކާރާ ހަވާލުވި ހިސާބުން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 6.3 ބިލިއަން ރުފިޔާ ޕްރޮޖެކްޓްތައް މިހާރު ވަނީ އެވޯޑް ކޮށްފައިވާ ކަމަށެވެ.

2020 ވަނަ އަހަރަށް ގާތްގަނޑަކަށް ދެބިލިއަން ރުފިޔާ، 2019 ވަނަ އަހަރު ހަމައެކަނި ނޭޝަނަލް ޓެންޑަރ ބޯޑުން ގާތްގަނޑަށް 150 ޕްރޮޖެކްޓް 4.1 ބިލިއަން ރުފިޔާ ޕްރޮޖެކްޓް އެވޯޑް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު 39 ޕްރޮޖެކްޓެއް 254 މިލިއަން ރުފިޔާ، 2017 ވަނަ އަހަރު 53 ޕްރޮޖެކްޓް 851 މިލިއަން ރުފިޔާ، 2016 ވަނަ އަހަރު 85 ޕްރޮޖެކްޓް 1.7 ބިިލިއަން ރުފިޔާ، 2015 ވަނަ އަހަރު 115 މިލިއަން ރުފިޔާ، އަދި 2014 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!