ފުޅަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި

ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 93 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 51،861 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމުގެ އިތުރުން 108 މީޓަރުގެ ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި  302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި، 223 މީޓަރުގެ އެތެރެ ތޮށިލުމާއި މޫރިންގ ބްލޮކްސްލުމުގެ އިތުރުން ޕޭވްމަންޓްވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 29,167.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 22،694 މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުމާއި އަދި 108 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ

މިމަސައްކަތ އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ، 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިމަޝްރޫއަކީ 48.29 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!