ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް އަވަގުރާނަ ގޮވައިފި

އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް، މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމާ ގުޅިގެން މިއަދު ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މީޑިއާގެ ކުރިމަތީގައި އަވަގުރާނަ ގޮވައިފި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ތާރީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި “ދެ ރަދުން” ފޮތް ބައްސަވަން ރެސްޓޯރެންޓާއި އެނޫން ވެސް ތަންތަނަށް ނަޝީދު ވަޑައިގެންނެވިއިރު މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި މަޖިލިސް މެމްބަރުންނާއެކު މޭޒު ކައިރީގައި ހުންނަވައި ސޮއިކުރައްވައި ފޮތް ދެއްވިއިރު ގައިދުރުކަމެއް އަދި މާސްކް އެޅުއްވުމެއް ވެސް ނެތް ކަމަށެވެ.

“ދެން އެ ނެރުއްވައިގެން އުޅޭ ދެ ރ** ފޮތް ބައްސަވަން ރެސްޓޯރެންޓުތަކަށާއި އެ ނޫން ތަންތަނަށް ވަޑައިގެން ވަޒީރުންނާއި އަމީރުންނާއި ނޫނިއްޔާ އެމްޑީންނާއި މެމްބަރުންނާ ބޭފުޅުން މޭޒުކޮޅު ކައިރީގައި ބައިތިއްބަވައިގެން ސޮއިކުރައްވާ ފޮތް ދެއްވާއިރު މާސްކް އެޅުއްވުމެއް ނެތް އަދި ގައިދުރުކަމެއް ވެސް ނެތް” އަބްދުއްރަހީމް ވިދާޅުވި އެވެ.

“އޭގެ އިތުރުން އިއްޔެ ނޫން އެހަށް ދުވަހު އެއާޕޯޓަށް ފުރާވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކޮޅަކާއެކު އިންނެވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނެވީ މާސްކް ނާޅުއްވައި،” އަބްދުއްރަހީމް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!