ފޮޓޯ: ދަ ޕްރެސް

ޔާމީންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ބާއްވަނީ

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކޮށްފިއެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު 1:00 ޖަހާއިރަށެވެ. 

އެ މައްސަލައިގެ ބައެއް އަޑުއެހުންތައް މީގެކުރިން ބާއްވަން ހަމަޖެއްސުމަށް ފަހު ކުރިއަށް ނުގެންދިޔައީ ޔާމީނަށް ޖަލުގައި ވަކީލުންނާ ބައްދަލު ނުކުރެއްވޭތީ އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތުމުންނެވެ. ހައިި ކޯޓުން އެ ފުރުސަތު ދޭން އެންގުމުން، ގިނަ ދުވަސްތަކަކަށް ފަހު ޔާމީންގެ ވަކީލުން ދާދިފަހުން ވަނީ ޖަލުގައި އެމަނިކުފާނާ ބައްދަލު ކުރައްވައިފަ އެވެ.

ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރަކަށް އެދުނަސް، ހައި ކޯޓުން ނިންމާފައިި އޮތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!