ޕާކިސްތާނުގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ޕާކިސްތާންގްއިން ރާއްޖެއަށް ކަނޑައެޅި އާ ހައިކޮމިޝަނަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރްއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ދެމެދުގައިވާ އެއްގޮތްކަންތައްތަކާއި، އިސްލާމީ އަޤީދާގެ މައްޗަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ދާދި ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއާ ފޯނު މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. ޕާކިސްތާނުގެ ސަރުކާރުން ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލުކުރުމުގެ ކާމިޔާބީއަށް ރައީސް ސޯލިހު ތައުރީފުކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ސޯލިހު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އާ ސަފީރާއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޒުވާނުންގެ ތަރައްގީއާއި، ސިއްހަތާއި ތައުލީމީ ދާއިރާއިން ޕާކިސްތާނުން ރާއްޖެއަށް ދެއްވާފައިވާ އަދި ދެމުން ގެންދާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!