އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުން ދިޔަ މައްސަލައެއް ފެންމަތިވެއްޖެ

އުމުރުން 40 އަހަރުގެ އަންހެނަކަށް ބިރު ދައްކައި އޭނާ ބްލެއިކްމެއިލް ކޮށް ފައިސާ ހޯދި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ބްލެއިކްމެއިލް ކޮށްފައި ވަނީ އައްޑު އަތޮޅުގެ ހުޅުމީދޫގެ އަންހެނެއް ކަމަށާއި މި މައްސަލަ މިދިއަ ޖުލައި 25 ގައި ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅިފަހުން މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރުވެސް އަދިވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އަދިވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ބިރުދައްކާ ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އުމުރުން ދޮށީ މީހުންގެ އިތުރުން ކުޑަ ކުދިންނަށް ކުރިމަތި ކުރުވަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!