ފުލެޓަކީ ޢާމްދަނީ ހޯދުމަށް ކުއްޔަށްދެވޭ ވިޔަފާރި މުދަލަކަށް ވެގެން ނުވާނެ: އަލީ ހުސެއިން

ދައުލަތުން ޙަރަދުކޮއްގެން އަޅާ ޢިޖުތިމާއީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ދަށުން ލިބޭ ފުލެޓަކީ އާމްދަނީ ހޯދުމަށް ކުއްޔަށްދެވޭ ވިޔަފާރި މުދަލަކަށް ވެގެން ނުވާނެކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ. ރާއްޖޭ އެމް ވީ ގެ ޙަބަރަކުން ބައެއްގެ ސުކުރީން ޝޮޓުއެއް ހިއްސާކުރަމުން މެމްބަރު މިހެން ބުނެފައިވަނީ އޭނާގެ ޓްވިޓާގައެވެ.

ހިއްސާކޮއްފައިވާ ސުކުރީން ޝޮޓުގައިވަނީ ރާއްޖެ ޓީވީގެ ފަލަ ސުރުޙީއަށް ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދައްކާފައިވާ ބައެއް ވާހަކަތަކެވެ. މި ޕްރޮގްރާމުގައި ފުލެޓުތަކާއި ބެހެގޮތުން ވާހަކަ ދައްކަމުންގޮސް ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ނިއުމާ ވިދާޅުވެފައިވަނީ ގެދޮރަކީ ވަރަށްބޮޑަށް އާމްދަނީއެއް ހޯދުމަށް ބޭނުންކުރެވޭ އެއްޗެއްކަމަށާއި، މިހާރުގެ ހާލަތުގައި ވަޒީފާއިން ލިބޭ މުސާރައިން އެކަނި ފުއްދާލެވެން ނޯންނަކަމަށެވެ. އަދި މާލޭގެ ރައްވެހިން ގެދޮރު ކުއްޔަށް ދިނުމަކީ މުޅިން ގޯސްކަމެއް ނޫންކަމަށްވެސް އެކަމަނާގެ ވާހަކައިގައި ބުނެފައިވެއެވެ.

މިބަހުސްތަށް މިހެން ކުރެވެމްދާއިރު ދާދިފަހުން މިވަނީ ފުލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އިޢުލާން ކޮއްފައެވެ. މިއީ ފާއިތުވި ސަރުކާރުން ފުލެޓްތަކަށް ހޮވުނު މީހުން އިޢުލާން ކޮއްފައިވަނިކޮށް މި ސަރުކާރުން އަލުން އެ ލިސްޓުތަށް އިވެލުއޭޓު ކުރުމަށްފަހު އިޢުލާންކޮއްފައިވާ ލިސްޓެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!