ކޮވިޑް-19 ގެ ބަލި މީހަކު ވިލިނގިއްޔަށް އެރުވުމާއި ދެކޮޅަށް މުޒާހަރާ ކުރަނީ

ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު އެރަށަށް އެރުވުމާ ދެކޮޅަށް އެރަށު މީހުން އިހުތިޖާޖު ކުރަމުން ދެއެވެ.

ފުލުހުން ބުނީ ގއ. ވިލނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ އަށް ގެންދިޔަ ބަލި މީހަކު އެ ރަށަށް އެރުވުމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގއ. ވިލިނގިލި ކައުންސިލުގެ މެމްބަރު ހަބީބު ހަސަން ވިދާޅުވީ އެމީހާ އަކީ ތިނަދޫ އިން ޕޮޒިޓިވްވި މީހެއް ކަމަށެވެ. އަދި އެމީހާ އަކީ ހައި ރިސްކު މީހެއް ކަމުން ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރައްމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި އެޗްޕީއޭއިން ވަނީ އެމީހާ އެ ފެސިލިޓީއަށް ގެންދިއުމުގެ ހުއްދަވެސް ދީފައެވެ.

އެހެން ނަމަވެސް ރަށުގެ ބައެއް ރައްޔިތުން އެމީހާ އެރަށަށް ނޭރުއްވުމަށް އިހުތިޖާޖު ކުރަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!