The Aramco Oil Refinery in Dahran, Saudi Arabia, Middle East. (Photo by: MyLoupe/UIG via Getty Images)

ސައުދީން އިތުރު ތެޔޮ ވަޅުތަކެއް ފެނިއްޖެ

ސައުދީ އަރަބިއްޔާގެ އުތުރުގެ ސަރަޙައްދަކުން އިތުރު ތެޔޮ ވަޅުތަކެއް ފެނިއްޖެކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ހަކަތައާބެހޭ ވަޒީރު، ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވީ އަލަށް ފެނުނު ގޭހާއި ތެޔޮ ވަޅު ފެނިފައިވަނީ ސައުދީ އަރަބިއްޔާގެ އުތުރުން އޮންނަ އަރާރް ސިޓީގެ އަބްރަގް އަލް ތޮލޫލް އޮއިލް ފީލްޑުންނާއި އަލް ޖަފް ސަރަޙައްދުގައި އޮންނަ ހަދާބަތް އަލް ހަޖަރާ ގޭސް ފީލްޑުންކަމަށެވެ.

ޕްރިންސް އަބްދުލްއަޒީޒް ވިދާޅުވީ އަލަށް ފެނުނު ސަރަޙައްދުގައި ހުރީ ކިހާ ގޭހެއްތޯއާއި ކިހާ ތެލެއްތޯ ބެލުމުގެ މަސައްކަތް ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯއިން ކުރަމުންދާކަމަށެވެ.

ތެޔޮ ވަޅުތައް ފެނުނު ސަރަޙައްދުތަކަކީ މިހާރުވެސް ގިނަ އަދަދަކަށް ތެލާއި ގޭސް ނަގާ ސަރަޙައްދެކެވެ. އެގޮތުން އަލް ތޮލޫލް އޮއިލް ފީލްޑުން ދުވާލަކު ތިން ހާހަށްވުރެ ގިނަ ފީފާގެ ތެލާއި 3.5 މިލިއަން ކިއުބިކް މީޓަރުގެ ނެޗުރަލް ގޭސް ނަގައެވެ. އަދި ހަދާބަތް އަލް ހަޖަރާ ގޭސް ފީލްޑުން ދުވާލަކު 16 މިލިއަން ކިއުބިކް މީޓަރުގެ ގޭހާއި ނަވާރަ ސަތޭކައަށްވުރެ ގިނަ ފީފާގެ ތެޔޮ ނަގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!