އަލިފާނުގެ ހާދިސާއާ ގުޅޭ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުގެ ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.

އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ ބޮޑުތަކުރުފާނުމަގުގައި ހުންނަ ކެފޭ ޓިއޯލޯ އާއި އެ ކެފޭއާ ޖެހިގެން ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ އިމާރާތުގަ އެވެެ.

އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކުރަން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.

މިއަދު ހެނދުނު 10:00 ބާއްވަން ތާވަލުކުރި އެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.

މި ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންދާނީ ފުލުހުންނާއި، އެމްއެންޑީއެފްގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)ގެ ކަމާ ގުޅުންހުރި ފަރާތްތައް ބައިވެރިވެގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!