ހުޅުމާލެ ޖަލުން އިތުރު 5 ގައިދީއަކު ޕޮޒިޓިވްވެ، ޖަލުން ޕޮޒިޓިވްވި މީހުންގެ އަދަދު 11ށް!

ހުޅުމާލެ ޖަލުން 5 ގައިދީއަކު ކޮވިޑް-19ށް ޕޮޒިޓިވްވެ ޖަލުން ޕޮޒިޓިވްވި މީހުންގެ އަދަދު 11ށް އަރައިފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ، ހުޅުމާލެ ޖަލުން އިތުރު 5 ގައިދީއަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާކަމަށެވެ. މީގެކުރިންވެސް، ކަރެކްޝަނުން ވަނީ ހުޅުމާލެ ޖަލުން ހަ މީހަކު ޕޮޒިޓިވްވި ކަމަށް ބުނެފައެވެ.

ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެެވެންދެން ބައިތިއްބާފައި ތިބި ފަސް ބިދޭސީންނާއި، ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާކަމަށް ކަރެކްޝަނުން ހާމަކޮށްފައިވެއެވެ.

މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ހުކުމް ތަންފީޒުކުރަަމުންދާ އިތުރު 5 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!