ބޮލަށް ބެރިއެއްގެ ބައެއް ވެއްޓި އަނިޔާވި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

މއ.ގޮމަށީގޭ މަތިން ބެރިއެއްގެ ބައެއް ވެއްޓި އަނިޔާވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާގެ ހާލު ރަނގަޅުކަމުގައި އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހެނދުނު ހިނގި އެހާދިސާގައި ބޮލަށް އަނިޔާވެގެން ގެނައި މީހާއަށް ފަރުވާދެމުން ދަނީ އެހޮސްޕިޓަލްގެ އީއާރުގައި ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންނަށް މިޙާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެންދުނު 10:40ހާއިރުކަމަށެވެ. އަދި މިޙާދިސާއާއި ގުޅިގެން ބަލަންޖެހޭކަންކަން ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުންގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!