ޖަނަވަރީމަގުގައި ހުރި ފިހާރައެއްހައި ރޯވެ އަނދަނީ

މާލޭ ޖަނަވަރީމަގުގައި ހުރި ފިހާރައެއްހައި ރޯވެ އަނދަމުން އެބަދެއެވެ.

މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން މިހާރު އަންނަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރޯވެފައިވާ ފިހަރަ ހުރި ސަރަޙައްދަކީ ގިނަ އަދަދެއްގެ އެހެން އިމާރާތްތައްވެސް ހުރި ސަރަޙައްދެއް. ނަމަވެސް އިތުރު އިމާރާތެއްގައި އަދި ރޯވި ކަމެއް އެނގިފައެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ ހެންވޭރު ޖަނަވަރީ މަގުން މަޖީދީ މަގާ ގުޅޭ ގޮތަށް ހ. ޑޮނީގޯލްގައި ހުންނަ ހެދުން ފިހާރަ، “ވެސްޓަޔާ” ގަ އެވެ. މެންދުރު 12:00 ޖަހާ އެހާކަންހާއިރު އެ ފިހާރައިގައި ރޯވެ އަނދަމުން ދަނިކޮށް ސިފައިންނާއި ފުލުހާއި އަދި އާންމުންގެ ބަޔަކު އެކުވެގެން އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފަ އެވެ.

އަލިފާން ނިއްވާލި އިރު ފިހާރާގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ. ތިން ބުރި އަށް ހުންނަ އިމާރާތުގެ ތިރީގައި ހުންނަ މި ފިހާރާގައި ރޯވުމާ އެކު އިމާރާތުން ވަނީ މީހުން ހުސްކޮށްފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. ހުކުރު ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި ރޯވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގަ އެވެ. އެ އަލިފާނުގެ ހާދިސާގައި، އެ ކެފޭއާ ޖެހިގެން ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ 10 ވަނަ ބުރީެ ޕެންޓު ހައުސްގައި ވެސް އަލިފާން ރޯވެ ވަނީ އަނދައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!