ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ބަލައި އާދެވޭނެ: ކުޅުދުއްފުށި ކައުންސިލް

ހދ. ކުޅުދުއްފުށިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން އެރަށް މިނީޓަރިންގ ހާލަތަށް ލެވިފައިވީ ނަމަވެސް، ކައިރި ރަށްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ބަލައި ކުޅުދުފުއްޓަށް އާދެވޭނެ ކުޅުދުއްފުށި ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށި މޮނީޓަރިންގ ހާލަތަށް ލެވިފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވުމާއި ގުޅިހެން ހޮނިހިރު ދުވަހު އެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ، ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި، ބަލައި، ރަށްރަށުން ކުޅުދުއްފުޓަށް އާދެވޭ ކަމަށާއި، ނަމަވެސް އެފަރާތްތަކަށް ރަށަކަށް މިވަގުތު ނޭރޭނެ ކަމަށެވެ.

ލަތީފް ވިދާޅުވީ، ރަށްރަށުން، ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ބަލައި އައުމުގެ ކުރިން، ކުޅުދުއްފުށި ފިހާރަތަކަށް އޯޑަރ ކުރުމުން، އެ ފިހާރަކުން ދޯނި ކުޅުދުއްފުޓަށް ކައިރި ކުރަންވާއިރަށް ތަކެތި ތައްޔާރުކޮށް، ބަނދަރަށް ގެންގޮސްދޭނެ ކަމަށެވެ. ލަތީފް ވިދާޅުވީ ކުޅުދުއްފުށި ބޮޑެތި ހުރިހާ ފިހާރަތަކުން ވެސް ބަނދަރަށް ޑެލިވަރީ ކޮށްދެމުންދާނެ ކަމަށެެވެ.

މީގެއިތުރުން ލަތީފް ވިދާޅުވީ، ބޮޑެތި ބަލިތަކަށް، ނުވަތަ ޑައިލިސިސް, ލޭއެޅުން ނުވަތަ އެމަޖެންސީގައި މީހަކަށް ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ގެނެސްފި ނަމަވެސް އެފަރާތަކަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމުގެ ހުއްދަ އެބައޮތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!