އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން 11 އަހަރަށް ފަހު ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ފާސްކޮށްފި އެވެ.

ރޭ ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 50 ލާރި ބެހުމަށެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 3.68 މިލިއަން ޑޮލަރު ލިބުނު އިރު، ސާފު ފައިދާގެ ގޮތުގައި، 1.24 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.

ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ އޮޑިޓިން ފާމެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖައްސާފައިވާއިރު ކުންފުނީގެ ބޯޑުގެ ކުރިއަށް އޮތް ދައުރަށް އާއްމު ހިއްސާދާރުގެ ތެރެއިން ފަސް ޑިރެކްޓަރުން ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.

ޓޫރިޒަމް ވިޔަފާރީގެ ނަފާ އާންމު ދިވެހިންނަށް ހޯދައިދިނުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާއާއެކު އުފެއްދި ކުންފުންޏަށް މިދިޔަ 11 އަހަރުވެސް ގެއްލުންވެ ފައިދާ ބަހާފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!