ރ.އަތޮޅުގައި އޮންނަ މާމުނާގައު ރިސޯޓުން ފުރައިގެން ރ.އަތޮޅު ކިނޮޅަކަށް ދެމީހުންނާއި އެކު ދަތުރު ކުރި ޑިންގީއެއް ގެއްލިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ 15 ފޫޓްގެ ޑިންގީއެއްގެ ޚަބަރެއް ނުވެގެން ނޮދަން އޭރިއާ ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:45 ގައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ 12:13 ގައި ޑިންގީ ކިނޮޅަހަށް ވަދެފައިވާ ކަމަށް އުޅަނދުގެ ވެރިފަރާތުން އެމްއެންޑީއެފް އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.