ޖެފް ބެޒޯސްގެ ނެޓްވޯތު 200 ބިލިއަން ޑޮލަރަށް!

އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް އަރައިފިއެވެ.

‘ބްލޫމްބާގް ބިލިއަނާޒް އިންޑެކްސް’ އިން ދައްކާ ގޮތުގައިގެ ބެޒޯސްގެ މިލްކިއްޔާތު 202 ބިލިއަން ޑޮލަރަށް އެރީމިދޔަ ބުރާސްފަތި ދުވަހު އެވެ .އެއާއެކު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ގޮތުގައި ހުރި ބެޒޯސް ވެފައިވަނީ މިހާތަނަށް މިލްކިއްޔާތު 200 ބިލިއަނަށް އެރި ފުރަތަމަ މީހާއަށެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށް މި ވަގުތު ޖެހިފައިވާ ކޮވިޑް-19 ގެ ވަބާގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް މި އަހަރު ލިބުނު ކުންފުންޏަކީ ވެސް އެމެޒޯނެވެ. އޮންލައިން ވިޔަފާރީގައި ނުފޫޒުގަދަ މި ކުންފުނީގެ ވިޔަފާރި ވަނީ ކޮވިޑާ އެކު އެތައް ގުނައަށް އުފުލިގެން ގޮސްފައެވެ. ހަމައެހެންމެ، ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވިޔަފާރީގައި އެމެޒޯން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ބެޒޯސް ވެގެންދާނީ ދުނިޔޭގެ ފުރަތަމަ ޓްރިލިނިއަރަށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ބެޒޯސް، 56، އަށް އަށް އެންމެ ފުރަތަމަ ލިބުނީ 2017 ގަ އެވެ. އެކަމަކު އޭގެ ދެތިން އަހަރު ފަހުން، މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ މަގާމު އަތުލައިފައެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ބެޒޯސް އަލުން އެންމެ މުއްސަނދި މީހާގެ މަގާމު ލިބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!