ސުޝާންތަކީ ބަލި މީހެއް ކަމަށް ރިއާ އަބަދާއި އަބަދު ހަނދާން ކޮށްދެމުން ދިޔަ: ކުރީގެ ކައްކާ

ބޮލީވުޑް އެކްޓަރު ސުޝާންތު އިންގް ރާޖްޕުތުގެ ކުއްލި މަރާ ގުޅޭ އެކިއެކި ވާހަކަތައް ފެންމަތިވަމުން އަންނައިރު، އަނެއްކާ ވެސް އާ ވާހަކައެއް ތިލަވެއްޖެއެވެ.

އެގޮތުން މިފަހަރު އިންޑިއާގެ ނޫހަކަށް މައުލޫމާތު ހިއްސާކޮށްފައިވަނީ ސުޝާންތުގެ ގޭގައި ކުރިން ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި އަޝޯކް އެވެ. ‘އިންޑިއާ ޓުޑޭ’ އިން ރިޕޯޓުކުރާ ގޮތުގައި، އާޝޯކް ވަނީ ރިއާގެ މައްޗަށް ބައެއް ތުހުމަތު ކޮށްފައެވެ. އެގޮތުން އާޝޯކް ވަޒިފާއިން ކަނޑައިލުމުގެ ފަހަތުގައި ވަނީ ރިއާ ކަމަށް ބުންޏެވެ.

“އަހަރެން ޗުއްޓީ ނިންމާފަ އައި އިރު އެނގުނީ ވަޒީފާއިން ވަކިކޮށްފި ކަން. އެކަން އެންގީ ގޭ ބެލެހެއްޓުމާ ހަވާލުވެގެން ހުރި ސެމިއުލް މިރަންޑާ”، އާޝޯކް ބުންޏެވެ.

މީގެ އިތުރުން ސުޝާންތުގެ ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން ސުވާލު ކުރުމުން އާޝޯކް ބުނީ، ފަހުން ފަހުން އައިސް ސުޝާންތު ހުރީ މުޅިންހެން ބޭހަށް ބަރޯސާ ވެގެން ކަމަށެވެ. “އަހަރެންގެ ވަޒީފާ ނުގެއްލުން ނަމަ އަހަރެން އޭނައަށް އަޅާލީސް އަދި އޭނަ ކޮންމެވެސް ގޮތަކުން ހަރަކާތްތެރި ވޭތޯ ބެލީސް. މިސާލަކަށް ކަސްރަތުކޮށް ކަހަލަ ކަންތައްތައް”، އާޝޯކް ފާހަގަކުރިއެވެ.

އާޝޯކް އިތުރަށް ބުނި ގޮތުގައި، ފަހަކަށް އައިސް ސުޝާންތު އަބަދުވެސް އޮންނަނީ އެނދުގައި ކަމަށާއި، ނިދުން ވެސް އިތުރުވި ކަމަށެވެ. “ރިއާ އެއްވެސް ވަރަކަށް އަޅައެއް ނުލާ. އަދި އަބަދުހެން ރިއާ އާއި އިތުރު މީހުން ސުޝާންތައް ހަނދާން ކޮށްދޭ އެއީ ބަލިމީހެއް ކަމަށް”، އާޝޯކް ކިޔައިދިނެވެ.

ހަމައެހެންމެ، ސުޝާންތުގެ ދައްތަމެންނާ ބައްދަލުވުމުގެ ފުރުސަތު ވެސް ރިއާ ނުދޭ ކަމަށް ބުންޏެވެ. “އަހަންނަށް ހީވަނީ ސުޝާންތުގެ ފޯނު ބޭނުންކޮށްގެން ރިއާ ކަންނޭނގެ ސުޝާންތުގެ ދައްތަމެން ގުޅީމަ ސުޝާންތު ބިޒީއޭ ބުނަނީ ވެސް”، އާޝޯކް ތުހުމަތުކުރިއެވެ.

ނަމަވެސް ރިއާ ވަނީ ސުޝާންތާ ދޭތެރޭ ގޯސްކޮށް ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ކުރެވުނު ހަމައެކަނި ކުށަކީ ސުޝާންތުދެކެ އިންތިހާއަށް ލޯބިވުން ކަމަށް ވެސް ރިއާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

  1. ސުޝަންތުގެ ކައްކާއަކީ ޑޮކްޓަރެއްތަ ރިއާ އެސޮރު ގާތު އެވަރައްކީ؟

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!