އަތޮޅުތެރޭގެ33 ރަށެއްގައި ކޮވިޑް-19 ގެ އެކްޓިވް 60 ކޭސް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ވިދާޅުވީ، 33 ރަށެއްގައި60 އެކްޓިވް ކޭސް އެބަހުރި ކަމަށާއި، 15 ރަށެއްގައި15 ފަތުރުވެރިންނާއި 19 މުވައްޒަފަކު ކޮވިޑް-19 އަށް މިވަގުތު ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.
އެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އެކްޓިވް ކޭސްތައް އުޅެނީ ރ. ދުވާފަރާއި ދ. ރިނބިދޫގަ އެވެ. އެ ދެ ރަށުން ފަސް މީހަކަށް ކޮވިޑް ޖެހިފައިވާއިރު ދެން އެންމެ ގިނައިން ކޮވިޑް ޖެހިފައި ވަނީ ތ. އޮމަދޫ އާއި ކ. ހިންމަފުށިންނެވެ. އެ ދެ ރަށުން ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުންނެވެ.
މިއަދު ވަނީ ހދ. ކުޅުދުފުއްޓާއި ގދ. ތިނަދޫ ވެސް މޮނިޓަރިންގެ ހާލަތަށް ގެެނެސްފަ އެވެ. މިވަގުތު މޮނިޓަރިންގައި އޮތީ އެ ދެރަށް އެކަންޏެވެ.
