ސަޅަކް 2 ބޮޑުތަނުން ފްލޮޕް ވެއްޖެ!

މަހޭޝް ބަޓް ޑައިރެކްޓަރެއްގެ ގޮތުގައި އެނބުރި އައި ފިލްމު “ސަޅަކް 2” އަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ ގައި މިއަދު ރިލީޒް ކުރި ފިލްމަށް ބެލުންތެރިންނާއި ކްރިޓިކުން ވެސް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. އެގޮތުން އައިއެމްބީޑީބީ ގައި “ސަޅަކް 2” އަށް ލިބުނު ރޭޓިންގ އަކީ 1.2 އެވެ. މިއީ މިހާތަނަށް ބޮލީވުޑްގެ ފިލްމަކަށް އެންމެ ދަށުން ލިބުނު ރޭޓިންގ އެވެ. އެގޮތުން މީގެކުރިން ބޮކްސް އޮފީހުގައި ބޮޑުތަނުން ފްލޮޕްވި ފިލްމުތައް ކަމަށްވާ އަޖޭ ދޭވްގަންގެ “ހިއްމަތުވާލާ”، އަބީޝެކް ބައްޗަން ކުޅުނު “ދަ ލެޖެންޑް އޮފް ޑްރޯނާ”، އަދި ހިމޭޝް ރޭޝަމިޔާގެ “ކާރްޒް” އަށް ވެސް އެއަށްވުރެ މަތިން ރޭޓިންގ ލިބިފައިވެއެވެ.

ހަމައެހެންމެ، ގިނަ ފާޑުކިޔުންތެރިން ވަނީ މި ފިލްމަކީ ވަރަށް ފީކަޅާ ފިލްމެއް ކަމަށް ބުނެފައެވެ. “2020 ގައި ނުކުތް އެންމެ ހަޑި ފިލްމު”، އެކަކު ލިޔެފައިވެއެވެ.

“ސަޅަކް 2” އަށް މިހާ ބޮޑު ނާކާމިޔާބެއް ކުރިމަތި މިވީ، މީގެ ދެހަފްތާ ކުރިން ޔޫޓިއުބްގައި ނެރުނު އެ ފިލްމުގެ ޓްރެއިލާއަށް ވެސް އެތައް މިލިއަން ޑިސްލައިކް ލިބިފައިވަނިކޮށެވެ. އެއްގޮތަކުން ބުނާނަމަ، މި ފިލްމު ފްލޮޕަކަށް ވާނެކަން މަހޭޝް ބަޓް އަށާއި ޕޫޖާ ބަޓަށް ކުރިން ވެސް އަންދާޒާ ކުރެވިފައިވެއެވެ. ސަބަބަކީ، ޖޫން 14 ގައި ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ބޮލީވުޑާ ގުޅުވައިގެން ދެކެވޭ ނެޕޮޓިޒަމްގެ ވާހަކަތަކުގެ އަޑު ގަދަވެފައިވާތީއެވެ. އަދި ފިލްމީ އާއިލާތަކުން އަންނަ “ސްޓާ ކިޑުން” ގެ ހުރިހާ ފިލްމެއް ބޮއިކޮޓު ކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. އޭގެތެރެއިން ވެސް އާލިއާ ބަޓަކީ އެމީހުންގެ ބޮޑު ޓާގެޓެކެވެ.

“ސަޅަކް 2” ގައި މުހިއްމު ރޯލުތަކުން ފެނިގެންދަނީ އާލިއާ ބަޓްގެ އިތުރުން ސަންޖޭ ދަތާއި، އަދިތުޔާ ރޯއީ ކަޕޫރެވެ.

  1. Thihen hadhan heyonuvaane. E shushant maru v ey kiyaafa meehun bura masahkathun hadhaa film boycott kuran jeheytha.. eulhey kangaanaa ebahuri rangalhah meehunge boakaalaafa.. and em not alia fan. Even though this should not be done.

    2
    23

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!