ނޭހާ އަށް ރޭޕްކުރާނެ ކަމުގެ އިންޒާރުތަށް!

އިންޑިއާގައި މަޤުބޫލުކަން ހޯދަމުން އަންނަ ޒުވާން ލަވަކިއުންތެރިޔާ ނޭހާ ބޭސިން ކޮރިއަން ޕޮޕް ބޭންޑެއް ކަމަށްވާ ބީޓީއެސްގެ ފޭނުންނާ ދެކޮޅަށް މުމްބާއީ ޕޮލިސްގައި މައްސަލަ ޖައްސައިފިއެވެ. މުމްބާއީ ސައިބަރ ކުރައިމް ބުރާންޗުގައި އޭނާ ފައިލްކުރި މި މައްސަލައިގައި ބުނެފައިވަނީ ހަނގާ ކުރުމާއި ރޭޕްކުރާނެ ކަމުގެ އިންޒާރުތަށް އެނާއަށް އެބޭންޑުގެ ފޭނުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

މިކަން ފެށިގެން އައިސްފައިވަނީ ސޯޝަލް މީޑިއާގެ ތެރޭގައި މިއުޒިކް ކޮމްޕޯސަރ ބާދުސާހުއަށް ކުރެވެމުންދިޔަ ޓްރޯލްއަކާ ގުޅިގެން ލަވަކިއުންތެރިޔާ ކުރިކޮމެންޓެއްގެ ސަބަބުންނެވެ. ނޭހާ ހިންދުސްތާނު ޓައިމްސްގައި ބުނެފައިވަނީ އެކޮމެންޓު ކުރި ދުވަހުން ފެށިގެން އޮންލައިންކޮށް އެކި ސިފަ ސިފާގައި އޭނާއަށް ޖެއްސުނކޮށް ހަނގާކުރަމުންދާކަމަށެވެ. އޭނާ ކޮމްޕޯސަރ ބާދުޝާހު އަށް އެފަދަ ދަން ބަހުރުވައިން މުހާތަބު ނުކުރުމަށް ބުނަމުން އެކޮމެންޓުގައި އިތުރަށް ބުނެފައިވަނީ ކޮންމެ އާރޓިސްޓަކަށްވެސް އިޙުތިރާމު ކުރަންޖެހޭ ކަމަށެވެ. އަދި ނޭހާ އަކީ ކޮރިއަން ޕޮޕް މިއުޒިކަށް މާބޮޑަށް ގާޔާވާ މީހެއް ނޫންކަމަށްވެސް ކޮމެންޓުގައި ބުނެފައިވާނެކަމަށް ނޭހާ ބުނެއެވެ.

އެކަމަށް ރައްދެއް ނުދީ ވަރަށް ގިނަދުވަހު ނޭހާ އަޅާނުލުމަށް މަސަތްކަތް ކުރިނަމަވެސް އެނާ މަރުވެފައިވާ ބައްޕައަށް ނިސްބަތްކޮށް ނެހާ ސޯޝަލް މީޑިއާގއި ހިއްސާކުރާ ފޮޓޯތަކަށް ވެސް ބީޓީއެސްގެ ފޭނުން ހަޑިހުތުރުބަހުން ކޮމެންޓުކޮށް އޭނާއަށް ޖެއްސުންކޮއްފައިވާކަމަށް ބޮލީވުޑުގެ ލަވަކިއުންތެރިއަކު އިންޑިއާ ޓައިމްސްއަށް މައުލޫމާތު ދިނެވެ.

ނެހާވަނީ މިގޮތަށް ކޮއްފައިވާ ބައެއް ކޮމެންޓުތަށް އޭނާގެ އިންޓަގުރާމްގުގައިވެސް ހިއްސާކޮއްފައެވެ. އަދި އެނޫނަސް އެފަދަ އެތަށް ކޮމެންޓެއް އަދި އިންޒާރެއް އޭނާއަށް ލިބިފައިވާކަން ހާމަކުރަމުން އޭނާވަނީ އެހުރިހާ ތަކެތި ސައިބާ ކުރައިމްއާއި ހަވާލުކުރެވިފައިވާކަމަށްވެސް ބުނެފައެވެ.  މިކަން ވީ އެންމެ އަވަހަކަށް ތަހުޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް ދަނީ އިންޑިއާގެ ގިނަ އާޓިސްޓުން ގޮވާލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!