ދަރިން ތަރުބިއްޔަތު ކުރުމުގައި މިކަންކަމާ ވިސްނާލާ!

ދުނިޔެއަށް ދަރިއަކު އުފަން ވުމުގެ ކުރިންވެސް ކޮންމެ ދެމަފިރިއަކުވެސް ދެކޭނެ ހުވަފެނަކީ ލިބޭ ދަރިފުޅު ބޮޑުވެ ހެޔޮލަފާ ދަރިއަކަށްވާނެދުވަހެވެ. ދިމާވާ ކަންތަށްތަކާއި ސާބިތުކަމާއެކު ކުރިމަތިލާ ކާމިޔާބު ދަރިއަކު ބޮޑުކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ފޮނި އުއްމީދެކެވެ. އެކަމަކު މި ހުވަފެންތަކުގައި ކުލަޖެހި ދަރިފުޅުގެ މުސްތަޤުބަލު އުޖާލާވެގެންދަނީ ޅައިރު ދަރިފުޅަށްދެވޭ ތަރުބިއްޔަތުންނެވެ. އެކި މީހުން ދަރިންތަރުބިއްޔަތު ކުރުމުގައި އެކި އުކުޅުތަށް ބޭނުންކޮށް ތަފާތު ކަންތަށްތަށް ތަޖުރިބާ ކުރެއެވެ. ދަރިއަކު ބޮޑުވެ ހަރުދަނާ ހެޔޮލަފާ މީހަކަށް ވުމުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ ދަރިފުޅު ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިން ގެންގުޅޭ އުސޫލެވެ.

މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އަދި ދަރިންގެ ކަންކަން ކަނޑައަޅާ ނިންމުމުގައި ދަރިންގެ ހިޔާލާއި ވިސްނުން ހޯދާ މަޝްވަރާއާއި އެކު ކަންކަން ނިންމުމަކީ ދަރިންބެލުމުގެ އެއް އުސޫލެވެ. މިއުސޫލުގައި ދަރިންގެ ޖަޒުބާތުތަކަށް ޤަދަރުކޮށް ދިރިއުޅުމުގެ ކަންކަން ނިންމުމުގައި ދަރިންގެ ހިޔާލާއި މަޝްވަރާ މައިންބަފައިން ހޯދައެވެ. އަދި ދަރިފުޅު އެދޭގޮތަށް ކަން ނިންމުން މައިންބަފައިންނަށް ގޯސްކަމުގައި ހީވަނީނަމަ އެކަމެއްގެ އެދޭވޭ ސަބަބު ބުނެދީ ވާހކަދައްކައިގެން ސުލްހަވެރި ބަހުސްއަކުން ވިސްނައިދެވެއެވެ. އަދި އެ ލަނޑުދަޑިއަށް ވާސިލް ވުމަށްޓަކައި މައިންބަފައިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެއެވެ.

ކުޑައިރުންސުރު ދަރިފުޅު ބިނާކުރުމުގައި މި އުސޫލު ބޭނުންކުޜާނަމަ ބޮޑުވެގެން އެކުއްޖާގެ ކިބައިން އެދެވޭ އެތަށް ސިފައެއް ފެންނަ ކަމަށް ދިރާސާތަކުން ދައްކައެވެ. މިފަދަކުދިންގެ އުފާވެރި މިޒާޖެއް ހުންނަ ކަމަށާއއި އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުކަމަށްވެއެވެ. އަދި ކިޔެވުމުގައި ތޫނުފިލިވެ ރަގަނޅު ނަތީޖާ ނެރޭ ކަމަށް ބައެއް ދިރާސާތަކުން ދައްކާއިރު އިޖުތިމާއީ ކަންކަމުގައި މީހުނާއި ގުޅިގެން މަސައްކަތްކުރުމާއި ހަރަކާތްތެރިވެ އުޅުން ފާހަގަކޮއްލެވޭހާ ރަގަނޅެވެ. އަދި ކުށްތަކަށް އަރައިގަތުމާއި ކުދިކުދި ކަންކަމާއި ރުޅިއައުންވެސް ދަށްކަމަށްވެއެވެ. ސިކުނޑީގެ ބަލިތަކުގެ ޝިކާރައަކަށްވުންވެސް މިކުދިންގެ ތެރޭގައި މަދުކަން މި ދިރާސާއިން ދައްކައެވެ،

މި މައުލޫމާތަކީ ކުއީންސްލޭންޑު ބުރެއިން އިސްޓިޓިއުޓް އަދި ވީޔޫ ޔުނިވާރސިޓީ އޮފް އެމްސްޓަޑަމް އިން ފާއިތުވި 50 އަހަރު އެއްކޮއްހަދާފައިވާ ދިރާސާއަކުން ނަގާފައިވާ މައުލޫމާތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!