ޑރ. ނަޒްލާ ހޯމް ކަރަންޓީން ފުރިިހަމަކޮށް ރިލީޒް ސާމްޕަލް ނަގައިފި

އާއިލާ މެމްބަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ހޯމް ކަރަންޓީން ފުރިހަމަކޮށް، ރިލީޒް ސާމްޕަލް ނަގައިފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިހާރު ހޯމް ކަރަންޓީން ފުރިހަމަކޮށްފައިވާ ކަމަށާއި އަދި ރިލީޒް ސާމްޕަލް މިރޭ ނަގާފައިވާ ކަމަށެވެ. އަދި ސާމްޕަލް ނެގުމަކީ ވަރަށް އުނދަގޫކަމެއްގެ ގޮތުގައި ނަޒްލާ ވަނީ ސިފަކުރައްވާފައެވެ.

ޑރ. ނަޒްލާ ހޯމް ކަރަންޓީނުވެ ވަޑައިގެންނެވީ މިމަހު 14 ވަނަ ދުވަހެވެ. އެހެންކަމުން ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރެއްވުމަށްފަހު އޭނާ ވަނީ މިއަދު އިރުއޮއްސުނު ވަގުތު ރިލީޒް ސާމްޕަލް ނަގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!