ދުނިޔޭގެ އެންމެ އަގު ބޮޑު ކަންބަޅި 3 ލައްކަ ޕައުންޑަށް ވިއްކާލައިފި

ނެދަލޭންޑް ގެ ޓެކްސެލްގައި ކަންބަޅިއެއް 368،000 ޕައުންޑަށް ވިއްކާލައިފިއެވެ. މިއީ ދުނިޔޭގައިވެސް އެންމެ އަގު ބޮޑުކޮށް ކަންބަޅިއެއް ވިއްކާފައިވާ އަދަދެވެ.

ބީބީސީއިން ރިޕޯޓު ކުރި ގޮތުގައި ބަކަރި އާލާކޮށް ދިރުވާ މީހެއް ކަމަށްވާ ޗާލީ ބޮޑެން ޑަބަލް ޑައިމެންޑް ނަމަކަށް ކިޔާ ފިރިހެން ކަންބަޅީގެ މި ބާވަތް ވިއްކާލާފައިވަނީ 3 ބަކަރި ހުއިހައްޕާ މީހުންގެ ކުންފުންޏަކަށެވެ.

މި ކަންބަޅި ވިއްކާލާފައިވަނީ ބިޑިންގެ އުސޫލުންނެވެ. އެގޮތުން ފުރަތަމަ ބިޑް ފާށާފައިވަނީ ވެސް 10000 ޕައުންޑުންނެވެ.

މީގެ ކުރިން މި ރެކޯޑު ދެމެހެއްޓިފައިވަނީ 2009 ވަނަ އަހަރު 230،000 އަށް ވިއްކާލި ކަންބަޅިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!