ކޮކީލާގެ ރެޕް ވީޑިއޯ މަޝްހޫރުވުމާ އެކު ސާތް ނިބާނާ ސާތިޔާގެ 2 ވަނަ ބައެއް ގެނެސްދެނީ

ހިންދީ ޑްރާމާ ސީރީސް ސާތް ނިބާނާ ސާތިޔާ އިން އެންމެންވެސް އެންމެ ގަޔާވި މީހަކީ ކޯކީލާ ބެހެން ނުވަތަ އަސްލު ނަމުން ނަމަ ރޫޕަލް ޕަޓޭލް އެވެ.

ސްޓާ ޕްލަސްއިން އެތަށް އަހަރެއް ވަންދެން ދެއްކި މި ޝޯ ނިމުނުތާ އެތައް އަހަރެއް ފަހުން ޔަޝްރާޖް މުކާޓޭ ނަމަކަށް ކިޔާ އިންޑިއާގެ މިއުޒިކް ޕްރޮޑިއުސަރެއް މިވަނީ އެ ޑްރާމާގައިި ކޮކީލާ ބެހެން ގޯޕީ ބަހޫއަށް އޭނާގެ ކޮއްކޮ ރާޝީގެ ހަގީގަތް ކިޔާދޭ ރެޕް ވީޑިއޯ ކޮޅެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ވީޑިއޯ ކޮޅު މިހާރު ސޯޝަލްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.

މި ވީޑިއޯކޮޅަށް ބެލުންތެރިންގެ ފަރާތުން ލިބުނު މަގްބޫލު ކަމާއެކު މިހާރު އެ ޝޯގެ ޕރޮޑިއުސަރު ރަޝްމީ ޝަރްމާ ވަނީ ސާތް ނިބާނާ ސާތިޔާގެ 2 ވަނަ ބައެއް ގެނެސްދިނުމަށް ނިންމާފައެވެ. ރަޝްމީ ބުނީ ކޮވިޑް-19 ތެރޭގައި ވެސް ސާތް ނިބާނާގެ އެޕިސޯޑްސް ތަަކަށް ވަރަށް މަގްބޫލުކަން ލިބެމުން ދާ ކަމަށެވެ.

ސާތް ނިބާނާ ސާތިޔާ 2 ގައި ކޮކިލާ ބައިވެރިވާނެތޯ ސުވާލުކުރުމުން ރަޝްމީ ބުނެފައިވަނީ މޯދީ އާއިލާއާއި ނުލާ އޭ ޝޯ އެނބުރި ނުގެނެވޭނެ ކަމަށެވެ. ރަޝްމީ ބުނީ ކޮކިލާ ބެހެން އާއި ގޯޕީ ބަހޫ ގެ ރޯލު ކުޅޭ ދެވޮލީނާ އެ ރޯލުތައް ކުޅޭނެ ކަމަށެވެ. އަދި އިތުރު އާ މޫނުތައް ވެސް ފެނިގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!