މާލޭ ސިޓީގެ ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ބަދަލު ގެނެސްފި

ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެވިފައިވާތީ މާދަމާ އިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި، ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 6:00 އިން ރޭގަނޑު 9:30 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެ އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރިކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެކުރިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ގޮތުގައި ކަނޑައަޅައިފައިވާ ގަޑިތަކަކީ ހެނދުނު 9:00 އިން ރޭގަނޑު 9:30 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!