ގދ. އަތޮޅު ތިނަދޫ އާއި ހދ. ކުޅުދުއްފުށި މޮނިޓަރިން އަށް ލައިފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ތިނަދޫ އިން ޕޮޒިޓިވް ވެފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނި އެމީހާ ހޮސްޕިޓަލަށް ދިއުމުން ކޮވިޑަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެ މީހާއާ ކޮންޓެކްޓުވީ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.
މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލި ކުއްޖެއް ކޮވިޑް 19 އަށް ޕޮޒިޓްވްވުމާއި ގުޅިގެން އަރަށްވެސް ވަނީ މޮނިޓަރިންގް ހާލަތަށް ގެނެސްފައެވެ.