ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ޕޮޒިޓިވްވުމާއި ގުޅިގެން ހދ ކުޅުދުއްފުށި ސިޓީ މޮނީޓަރިން އަށް ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ، އުމުރުން ހަތް އަހަރުގެ ކުޅުދުއްފުށީ ފިރެހެން ކުއްޖެކެވެ. އަދި މިކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން އިނގިފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމުގެ ކުރިން ނެނގި ސާމްޕަލުންނެވެ. މި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި އިއްޔެ އެވެ.
ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވަނީ މިކޭސް އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކާ ރަށް މޮނިޓަރިންގް ގެ ހާލަތަށް ލާފައި ވާކަން އަންގާ ފައިވާކަމަށެވެ.