ބްލެކްޕެންތާ އެކްޓަރު ޗެޑްވިކް ބޯޒްމޭން ކެންސަރު ބަލީގައި މަރުވެއްޖެ

މާވެލްގެ ސުޕަހީރޯ ފިލްމް “ބްލެކް ޕެންތާ”ގައި ބްލެކް ޕެންތާން ރޯލު ކުޅެގެން މަޝްހޫރުކަން ހޯދި އެކްޓަރު ޗެޑްވިކް ބޯސްމެން ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

43 އަހަރުގައި ޗެޑްވިކް މި ދުނިޔެ ދޫކުރީ ފާއިތުވި 4 އަހަރުގެ ކެންސަރާއި ހަނގުރާމަކުރުމަށްފަހުއެވެ. އެކަން ހާމަކޮށްފައި ވަނީ ޗެޑްވިކްގެ އާއިލާތިން ނެރުނު ބަޔާނެއްގަ އެވެ. 

އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ ބޯޒްމަން މަރުވީ 2016 އިން ފެށިގެން ކޮލޯން ކެންސަރާ ދެކޮޅަށް ވަރަށް ހިތްވަރާ އެކު ހަނގުރާކުރަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ ވަކިވެގެން ދިއުމަކީ އާއިލާ އަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި ބޯޒްމަން ސިނަމާ އަށް ކޮށް ދީފައިވާ މަސައްކަތްތަކާ އެކު އޭނާގެ ހަނދާންތައް ބެލުންތެރިން އަބަދު ވެސް އާކުރާނެ ކަމަށް ބުންޏެވެ.

އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި 42 އައި ގެޓް އޯން އަޕް ހިމެނެ އެވެ. އެކަމަކު އޭނާ މަޝްހޫރުވެފައި ވަނީ 2018 ގައި ބްލެކްޕެންތާ އިންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!