އަލިފާނުގެ ހާދިސާ އާ ގުޅިގެން ކޮމެޓީ ބައްދަލުވުމެއް ބާއްވަނީ

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފި އެވެ.

ގައުމީ ސަލަމަތު ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކޮމިޓީގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ހެނދުނު 10:00 އަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ކޮމިޓީގައި ތާވަލްކޮށްފައި ވަނީ، ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އޭގެ އިތުރުން އެކާ ގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށްވެސް ވަނީ ތާވަލްކޮށްފައެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ރެސްޓޯރެންޓް ހުރި އިމާރާތުގައެވެ. ރެސްޓޯރެންޓްގައި ހިނގި އަލިފާނުގެ ހާދިސާއާއެކު އެ އިމާރާ އިންވެގެން ހުރި ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިމާރާތުގެ ބައެއް ފަންގިފިލާތައްވެސް ވަނީ އަނދާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!