ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން ތަހުގީގު ފަށައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ރާއްޖެޓިވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު ފުލުހުން ދެން ބަލާނީ އެމްއެންޑީއެފްއާ ފަޔާ އެންޑް ރެސްކިއުއާ ގުޅިގެން އެ ހާދިސާގެ ތަހުގީގު ހިންގަން ކަމަށެވެ.
“ފުލުހުންގެ ތަހުގީގު ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ސީނިއާ މުވައްޒަފުންނާ މިތަނުގައި ބައްދަލުވެފަ މަޝްވަރާކުރެވިފައިވަނީ. ތަހުގީގުގެ ހަރަކާތްތައް މިހާރު ހިނގަން ފަށާފައިވަނީ،” ހަމީދު ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އަލުން ގެތަކަށް ވަނުމުގެ ފުރުސަތު ރޭ ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމެންޓް ބޭފުޅުންނާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެހާދިސާގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.