ބިގް ބޮސްގައި ބައިވެރިވުމަށް ބޮޑު އަދަދެއް ހުށަހެޅުމުންވެސް ޖެނިފާ ބުނީ ނޫނެކޭ

އިންޑިއާގެ މަޤްބޫލު ރިއަލިޓީ ޓީވީ ޝޯ “ބިގް ބޮސް 14” ފެށުމަށް ތައްޔާރުވަމުންދާއިރު އަދިވެސް އެ ޝޯގައި ބައިވެރިވާނެ ތަރިން ހޯދުމުގެ މަސަތްކަތް ދަނީ ކުރެވެމުންނެވެ.

މި އަންނަ ސެޕްޓެމްބަރު މަހު ފަހުކޮޅު މި ޝޯ ފަށާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޝޯ ކުރިޔަށްދާ ހިސާބަށް ވިއްސާރަވެ އެ ޝޯ ބާއްވަމުން ދިޔަ ގެޔަށް އެކިވަރުގެ ގެއްލުން ލިބުމާއި ގުޅިގެން މިހާރު ޝޯ ވަނީ އޮކްޓޯބަރު މަހަށް ލަސްކުރެވިފައެވެ.

ޝޯގައި ބައިވެރިވާނެ ތަރިން ހޯދުމުގެ މަސަތްކަތުގައި މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓްއަށް ވަނީ ޝޯ ކުޅުމަށް 3 ލައްކަ ރުޕީސް ހުށަހަޅާފައެވެ. ބޭހަދް 2 ގެ ބަތަލާއަށް އެހާ ބޮޑު އަދަދެއް ހުށަހެޅި ނަމަވެސް އޭނާ ވަނީ އެ ޝޯގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ.

ޖެނިފާ ޝޯއަށް އިންކާރު ކުރި ނަމަވެސް އަނެއްކާވެސް ޝޯގެ އުފެއްދުންތެރިން ވަނީ މަޝްހޫރު އަދި ގިނަ އަންހެން ކުދިން ގަޔާވާ ޓީވީ ބަތަލް ޕާލް ޕޫރީ އަށް ޝޯ ހުށަހަޅާފައެވެ. ނާގިން 3 އަދި ބޭޕަނާ ޕިޔާރް ޑްރާމާއިން ފެނިގެން ގޮސްފައިވާ ޕާލްއަށް 5 ލައްކަ ރުޕީސް ހުށަހެޅި ނަމަވެސް އޭނާ އަދި މި ހުށަހެޅުން ގަބޫލު ކޮށްފައެއް ނުވެއެވެ.

Rise & Rise of Indian TV star Pearl V Puri | IWMBuzz

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!