އަނެއްކާވެސް ޝާހްރުކް ޙާން އާއި އާލިއާގެ ފިލްމެއް

ޑައިރެކްޓަރު ގޯރީ ޝިންޑޭގެ ފިލްމު “ޑިއާ ޒިންދަގީ”ގައި ބަތަލާ އާލިއާ ބަޓާއި ކިންގް އޮފް ބޮލީވުޑް ޝާހްރުކް ހާންގެ ކެމިސްޓްރީއަށް ގިނަ ބަޔަކު ވަނީ ވަރަށް ތައުރީފު ކޮށްފައެވެ.

ރެޑް ޗިލީ އެންޓަޓެއިންމަންޓް އަދި ދަރުމާ ޕްރޮޑަކްޝަންސް ގުޅިގެން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި އާލިއާ އާއި ޝާޚްގެ އިތުރުން އިރާ ދޫބީ އާއި، ކުނާލް ކަޕޫރާއި، އަލީ ޒަފަރްގެ އިތުރުން އަންގަދް ބޭދީ ވެސް ހަރަކާތްތެރިވި އެވެ. މި ފިލްމަށް ލިބުނު ކާމިޔާބީއަށް ފަހު ޝާހުގެ އަމިއްލަ ޕރޮޑަކްޝަން ރެޑް ޗިލީ އެންޓަޓެއިންމަންޓް އިން މި ވަނީ ކުރިޔަށް އޮތް ފިލްމުވެސް އާލިއާއަށް ދިނުމަށް ނިންމާފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޑްރާފްޓް ސްކްރިޕްޓް މިހާރު ވަނީ އާލިއާ އާއި ހަވާލުކޮށްފައެެވެ. އަދި ފައިނަލް ސްކްރިޕްޓް ކުރިޔަށް އޮތް މަސްތަކުގައި ލިބޭނެ ކަމަށް ވެއެވެ.

މި ފިލްމުގެ ޑައިރެކްޓަރެއް އަދި ރެޑް ޗިލީ އެންޓަޓެއިންމަންޓް އިން ފައިނަލް ކޮށްފައެއް ނުވެއެވެ. މި ފިލްމުގެ ޝޫޓިންގްތައް އަންނަ އަހަރު ކުރީ ކޮޅު ފެށޭވަރު ވާނެ ކަމަށް ވެއެވެ.

“ޑިއާ ޒިންދަގީ” ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދިއިރު ޝާހު ބުނެފައިވަނީ އެ ފިލްމް ކުޅެފައިވަނީ އެ ފިލްމުގައި އާލިއާ ބަޓް ލީޑް ރޯލެއް ކުޅޭތީ ކަމަށެވެ. ޝާހު ވަނީ މީގެ ކުރިން ވެސް އާލިއާއަށް ވަރަށް ތައުރީފްކޮށްފަވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!