އަންނަ މަހު ވިހެއުމަށް ތައްޔާރުވަމުން އަންނަ ޖީޖީ ހަދީދް އޭނާއަށް ލިބެން އުޅޭ ދަރިފުޅަކީ އަންހެން ކުއްޖެއްކަން ހާމަކޮއްފިއެވެ.
25 އަހަރުގެ ސުޕާމޮޑެލް ޖީޖީ އޭނާގެ މާބަނޑު ދުވަސްވަރުން ނަގާފައިވާ ފޮޓޯ ޝޫޓެއް އިންޓަގުރާމުގައި ހިއްސާ ކުރަމުން ބުނެފައިވަނީ އޭނާ ބޮޑުކުރަމުން މިދަނީ އޭންޖެލް އެއް ކަމަށެވެ. ޒައިން މާލިކު އަދި ޖީޖީ ހަދީދް އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުންދާ މަންޒަރުތަށްވެސް ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކުރަމުންނެވެ.
ޖީޖީ ހިއްސާކޮއްފައިވާ ފޮޓޯތަކުން މާބަނޑު ދުވަސްވަރުގައިވެސް އޭނާގެ ރީތިކަން އެގޮތުގައި ހިފަހައްޓާފައި ހުރީތީ އެއްބަޔަކު ތައުރީފުކުރަމުންދާއިރު އަނެއްބަޔަކު ވަނީ ލިބެންއުޅޭ ކުޑަ ދަރިފުޅަށް މަރުޙަބާވެސް ފޮނުވާފައެވެ.

އެ މީހުންނަށް ލިބެން އުޅޭ ދަރިފުޅަށްޓަކައި ވަރަށްބޮޑަށް އުފާކުރާކަން ހާމަކުރަމުންދާއިރު ބައެއް ރިޕޯރޓުތަށް ބުނާގޮތުގައި ޖީޖީ ގެގައި އިދެގެން މިހާރު އެންމެ ގިނައިން ކޮއްއުޅޭ ކަމަކީވެސް ޕޭރެންޓިންގ ފޮތްތަށް ކިއުމެވެ. އަދި ބޭބީއަށް ނާސަރީ ތައްޔާރުކުރުމުގެ އިތުރުން އަބަދުވެސް ޔޮލާންޑާ ހަދީދް ކުރެން މާބަނޑު ދުވަސްވަރުގެ ވާހަކަތަށް އޮޅުން ފިލުވާ އެކަމާ ސުވާލުކޮށް ހަދާކަމަށްވެއެވެ.
މިހާރު ޖީޖީ އާއި ޒައިން އަންނަމަހު އުފަންވާ ދަރިފުޅަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯރޓުތަށް ބުނެއެވެ.