އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ސޯލިހު ވަޑައިގެންފި

ހެންވޭރުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފިއެވެ.

‏އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ.

‏އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލު ކޮށްފައިވާއިރު މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.އަދި އެސަރަހައްދުގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

‏އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އަދިވެސް އެސަރަހައްދުގައި ފަޔާ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!