ކަރަންވީރް ބޮހްރާ އަށް ވެސް ކުއްޖަކު ލިބެނީ

އިންޑިއަން ޓީވީ އިންޑަސްޓްރީގައި މަޤުބޫލު މޫނެއް ކަމަށްވާ ކަރަންވީރް ބޮހްރާ އަށް ތިންވަނަ ކުއްޖަކު ލިބެން އުޅޭކަމަށް ބުނެފިއެވެ.

ކަރަން އާއި އޭނާގެ އަންހެނުން ޓީވީ އެކްޓްރެސް ޓީޖޭ ސިދޫ އަށް ތިންވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފައި ވަނީ ކަރަންގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައެވެ. އެގޮތުން ކަރަން ހިއްސާކުރި ފޮޓޯތަކަކާއެކު ލިޔެފައިވަނީ، ދަރިންނަކީ ކަލާނގެ ދެއްވާ ނިއުމަތެއް ކަމަށެވެ.

މީގެ އިތުރުން ‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަ ދައްކަމުން ކަރަން ވަނީ އޭނާގެ އަންހެނުން ވިހާނީ ކިހާ ތާކު ކަން ހާމަކޮށްފައެވެ. އެއީ މީގެ ފަސް މަސް ފަހުން ކަމަށް ބުންޏެވެ. އަދި އެދެމީހުންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނު ކުރަން މަޑުކޮށްގެން ތިބީ އެދެމީހުންގެ އުފަންދުވަހު ކަމަށް ބުންޏެވެ.

މި ޙަބަރާއެކު ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ ކަރަންގެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. ކަރަން އާއި ތީޖޭ އަށް މީގެކުރިން ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ.

ކަރަންވީރު އެންމެފަހުން ފެނިފައިވަނީ ކަލާޒްގެ “ނާގިން 3” އަކުންނެވެ. އޭގެ ކުރިން އޭނާ ވަނީ ވަރަށް ގިނަ ޓީވީ ޝޯތަކެއްގައި މަސައްކަތް ކޮށްފައެވެ. ކަރަން އާއި ތީޖޭ ކައިވެނި ކޮށްފައި ވަނީ 2006 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!