ސުޝާންތުގެ ފޯނުން އެންމެފަހުން ގޫގްލް ކޮށްފައިވަނީ މި އެއްޗެހި

ޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާ ސީބީއައި އިން ހަވާލުވިފަހުން އާ މައުލޫމާތުތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ސުޝާންތު މަރުވުމުގެ ކުރިން އެންމެ ފަހުން ގޫގްލް ކޮށްގެން ބަލާފައިވަނީ ކޯއްޗެއްކަން ‘ޓައިމްސް ނައު’ އިން ވަނީ މިއަދު ހާމަކޮށްފައެވެ.

އެ ނޫހުން ހާމަކުރި ގޮތުގައި، ސުޝާންތު އެންމެފަހުން ގޫގްލް ކޮށްފައިވާ ކަމަށް ވަނީ ކޯރގް އާއި، ކެރާލާ އަދި ހިމާޗަލް ޕްރަދޭޝް (އެޗުޕީ) އިން ވިއްކަން ހުރި ގެތަކެއްގެ މައުލޫމާތެވެ. މިއަށް ބާރުލިބޭ އަނެއް ވާހަކައަކީ، އިއްޔެ ރިއާ ދިން އިންޓަވިއުއެއްގައި ސުޝާންތު ކޯރގް އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެގެން މީގެ ކުރިން އެވާހަކަ ދެއްކި ކަމަށް ބުނެ ދިން މައުލޫމާތެވެ.

ނަމަވެސް އެންމެ ކުރިން މުމްބާއީ ފުލުހުން ބޭއްވި ޕްރެސް ކޮންފަރަންސް އެއްގައި ޗީފް ޕަރަމްބިރް ސިންގް ހާމަކުރިގޮތުގައި، ސުޝާންތު އެންމެފަހުން ގޫގްލް ކޮށްފައިވަނީ “ޕެއިންލެސް ޑެތު” އެވެ. އެއީ ވޭން ކުޑަކޮށް މަރުވާނެ ގޮތްތަކެވެ. އެހެންކަމުން މުމްބާއީ ފުލުހުން ވަނީ ސުޝާންތު ޑިޕްރެޝަން އަށް ގޮސްފައިވާކަން ދައްކަން ވެގެން އޮޅުވާލައިފާ ކަމަށް މިހާރު އަންނަނީ ޝައްކު ކުރެވެމުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އެންމެ ފުރަތަމަ ސުޝާންތުގެ މަރުގެ ތަހުގީގާ ހަވާލުވި މުމްބާއީ ފުލުހުން ވަނީ ބާރުގަދަ ބައެއްގެ ނުފޫޒުގައި ޖެހިގެން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ސުޝާންތުގެ އާއިލާއިން ވެސް ތުހުމަތުކޮށްފައިވާ ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!