އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

ބޮޑުތަކުރުފާނު މަގުގައި އާޓިފިޝަލް ބީޗާ ދިމާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތުގެ އުތުރުން ހުރި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވުމުގެ މަސައްކަތް ކުރަމުން އެބައެދެއެވެ.

މިއަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމާއި އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ ލޮރީގެ އެހީތެރިކަމާއެކުގައެވެ. މި އަލިފާން ކޮންޓްރޯލްކުރުމަށް ފެނާއި ފޯމް ބޭނުންކޮށްފައިވެއެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރިކަން ހާމަކުރައްވަމުން އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.

އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެމްޑީއެފުން ދަނީ ކުރަމުންނެވެ. އެ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަލިފާން ރޯވި އިމާރާތް ކައިރީގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ، އާޓިފިޝަލް ބީޗް ކައިރީގައި ހުރި ބީއެމްއެލްގެ އޭޓީއެމްތައް ހުރި އިމާރާތާ އިންވެގެން ދެ ބުރި އަށް ހަދާފައިވާ ކެފޭއެއްގައެވެ. އެ އިމާރާތާ ޖެހިގެން ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިމާރާތެވެ. އެ އިމާރާތުގެ އެންމެ ތިރީގައިވެސް ވަނީ އަލިފާން ރޯވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!